ރަޚުޝް

ރަޚުޝް (ފާރިސީ: رخش މާނައަކީ ވިދުން ގަދަ) އަކީ ފާރިސްކަރައިގެ މަޝްހޫރު ޅެންވެރިޔާ، ފިރުދޯސީ ލިޔުއްވި ޝާހްނާމާގެ ބަތަލް، ރުސްތުމްގެ އަހެވެ. 

ރަޚުޝްގެ ކުލަކަމުގައި ބުނެވެނީ "ކުކުން ކުނޑިތަކެއްގެ މައްޗަށް ފަތުރާލެވިފައިވާ ފިނިފެންމާ ފިޔަތަކެއް ފަދަ" ކަމުގައެވެ. މި އަސް ރުސްތުމަށް ފުރަތަމަ ފެނުނީ ޒުބަލިސްތާން އަދި ކާބުލުން ގެނައި އަސްތަކެއްގެ ތެރެއިންނެވެ. އޭރު އެއީ ޅަ އަހަކެވެ. ނަަމަވެސް އެ އަހަށް ލިބިފައި ވަނީ ސިންގާއެއްގެ ވަރުގަދަ މޭކައްޓާއި ކޮނޑެވެ. އަދި އެތެއްހައި ބާރުގަދައެވެ. އޭތީގެ ތޫނުފިލިކަމާއި ތެދުވެރިކަމުގެ ވާހަަކަ މަޝްހޫރުވެފައި ވެއެވެ. ރުސްތުމް ފިޔަވާ އެހެން އެއްވެސް މީހަކު ރަޚުޝްއަށް ސަވާރެއް ނުވެއެވެ. އަދި ރަޚުޝްގެ ސާހިބަކަށް ރުސްތުމް ނޫން މީހަކު ބަލައެއްވެސް ނުމެގަނޭ މެއެވެ. މީގެ އިތުރުން ރަޚުޝް އަކީ ފާތިޚް ރުސްތުމް ސަވާރުވި ހަމައެކަނި އަހެވެ. ރުސްތުމްގެ ވަރުގަދަކަމާއި ބަރުދަން މަތިކަމުން މިނޫން އަހަކަށް ސަވާރުވެެއްޖެ ނަމަ، އެ އަހެއް މަރުވެދާނެއެވެ. 

ރުސްތުމް ނުރައްކާތަކުން ރައްކަތެރި ކުރުމަށްޓަކައި، ކަލާނގެ ގުދުރަތްތެރިކަމުން ރަޚުޝް އަށް އާދަޔާ ހިލާފު ދިގު އުމުރެއް ދެއްވި އެވެ. ރުސްތުމާއި ރަޚުޝް މަރުވީ، ރުސްތުމްގެ އެއްބަފާ ޝަޣާދުގެ ހިޔާނާތްތެރި ރޭވުމަކުން ކަމުގައި ބުނެވެއެވެ.