ކަޅު ހުވަފަތް މަކުނަކީ (Latrodectus mactans) ނާރުތަކަށް އަސަރުކުރުވާ ވިހައެއް ދޫކުރާ މަކުނެކެވެ. މި މަކުނު ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެނެއެވެ. ގިނައިން ފެންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދަނޑުވެރިކަން ކުރާ ސަރަހައްދު ތަކުންނެވެ. އިނގިރޭސި ބަހުން މިމަކުނަށް ކިޔާ ނަމަކީ black widow spider އެވެ. މިއީ ހުވަފަތް މަކުނު އާއިލާގެ މަކުނެކެވެ. ހުވަފަތް މަކުނު އާއިލާގައި 31 ވައްތަރުގެ މަކުނު ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރޭގައި އޮސްޓޭލިޔާގެ ރަތް-ބުރަކައްޓާއި މުށި ހުވަފަތް މަކުނު ހިމެނެއެވެ. ދެކުނު އެފްރިކާގައި މި މަކުނަށް ކިޔަނީ ގޮށް މަކުނެވެ button spider އެވެ. މި މަކުނަށް ބައެއް މީހުން މަޑި މަކުނޭ ވެސް ކިޔައި އުޅެއެވެ.
ފުރާފުރިހަމަ ވެފައިވާ ކަޅު ހުވަފަތް މަކުނުގެ އަންހެން މަކުނުގެ ކުލަ އަކީ ވިދާ ކަޅުކުލައެވެ.
ވިހަގަދަ އެހެން ދިރޭސޫފިތައް ފަދައިން މީގެ ހަށިގަނޑުގައިވާ ކުލަގަދަ ފާހަނގަތަކަކީ އެންދިރޭތަކެއްޗަށް މީގެ ވިހަގަދަކަން އަންގައިދޭ އަންގައިދިނުމެކެވެ. އެހެންނަމަވެސް އެހެން ދިރޭޖަނަވާރެއް މި ވަހަގަދަ މަކުނު ކެއުމަކުން އެޖަނަވާރުގެ މަރާއިބައްދަލުކުރާކަށް ނުޖެހެއެވެ. (މިސާލު: ދޫނި) އެހެންނަމަވެސް އެޖަނަވާރަށްވާ އުނދަގުލުގެ ސަބަބުން ދެވަނަ ފަހަރަށް އެމަކުނު ކައިގެންނުވާނެކަން އެއަށް ވިސްނެއެވެ.
މިމަކުނުގެ އަންހެންއެތީގެ ފައިތަކުގެ ދިގުމިނަކީ 1.5 އިންޗި(38މމ) އެވެ. ހަށިގަނޑުގެ ބޮޑުމިނަކީ 0.5 އިންޗި (13މމ)އެވެ. ފިރިހެން އެތި އަންހެން އެތީގެ ބޮޑުމިނުގެ ދެބައި ކުޑައެވެ. ދިގުފައިތަކެއް ލިބިފައިވިޔަސް ހަށިގަނޑުގެ ބޮޑުމިނާ އަޅާ ބަލާއިރު އެބްޑޮމެން ކުޑައެވެ. އަންހެން މަކުނާއި ހިލާފަށް ފިރިހެން މަކުނުގެ ހަށިގަނޑުގެ ކުލައަކީ ގަދަމުށިކުލައެކެވެ. އަވަރގްލާސް ފާހަނގަ އެއްވެސް ނުހުރެއެވެ.