ކާތަކެތި ދިރުވުން

Looking for me

އަނގައިގެ ތެރޭގައި ހިނގާ މަރުޙަލާ

[އުނިއިތުރު ގެންނަވާ]

ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަނގައިގެ ތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަނގައިގެ ތެރޭގައި ހިގާ މަރުޙަލާ(އިނގިރޭސި ބަހުން: buccal phase) އަކީ އަހަރެމެންގެ ބާރާއެކު ހިގާ މަރުޙަލާއެކެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެ އަށް ފޮނުވާލުމަށްޓަކައި، ދޫ މަތީ ތަލި ނުވަތަ ހަރު ތަލި އާއި ދިމާލަށް އުފުލަން ޖެހެއެވެ. މިގޮތަށް އުފުލުމުން ކާތަކެތިކޮޅު އަރުތެރެ އަށް ދެއެވެ. އަދި ކާތަކެތި ދިރުވިގެންދާއިރު އަނގަޖެހޭނީ ބަންދުވެފައި ހުންނާށެވެ. އެހެންނޫނީ ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެއެވެ.


އަރުތެރޭގައި ހިނގާ މަރުޙަލާ

[އުނިއިތުރު ގެންނަވާ]

ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަރުތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަރުތެރޭގައި ހިގާ މަރުޙަލާ(އިނގިރޭސި ބަހުން: Pharyngeal phase) އަކީ އޭގެ ޒާތުގައި އަމިއްލައަށް ހިގާ މަރުޙަލާއެކެވެ. ސަބަބަކީ މިމަރުހަލާ ހިގަން ފަށަނީ ސްވަލޮވިންގ ރިފްލެކްސް ގެ ނަތީޖާއެއްގެ ގޮތުން ކަމަށްވާތީއެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެއަށް އައުމުން އަރުތެރޭގައި ހުންނަ ސްވަލޮވިންގ ރިސެޕްޓަރު ތައް ހީވާގިވެ މުރާލިވެއެވެ. އަދި އެއާއި ގުޅިގެން އުފެދޭ ސިގްނަލްތައް 5 އަދި 9 ވަނަ ކްރެނިއަލް ނާރުގެ އެހީގައި، ސިކުނޑިގައިވާ މެޑައްލާ އޮބްލަންގާޓާ ގައި އިންނަ ސްވަލޮވިންގ ސެންޓަރު އަށް ފޮނުވާލައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 5،9،10،12 ވަނަ ކްރެނިއަލް ނާރުތަކުގެ އެހީގައި އަންނަނިވި ރިފްލެކްސް ތަކާއި ހަރަކާތްތައް އުފެދިގެން ދެއެވެ.

ޕްރޮޓެކްޓިވް ރިފްލެކްސްތައް

[އުނިއިތުރު ގެންނަވާ]

މަޑު ޕަލޭޓް އުފުލުން

[އުނިއިތުރު ގެންނަވާ]

މަޑު ޕަލޭޓް އުފުލެނީ ނޭފަތުން އަރުތެރެއަށް ހުޅުވިފައިވާ ހޮއި ނުވަތަ ހުޅުވުން ބައްދާލުމަށް ޓަކައެވެ. އެއީ ދިރުވުމުގެ ތެރޭގައި ކާތަކެތި ނޭފަތުގެ މަގުގެ ތެރެއަށް ވަނަނުދީ ހިފެހެއްޓުމަށްޓަކައެވެ.

އެޕިގްލަޓިސް އާއި ދިމާލަށް އަޑު ފޮށި އުފުލުން

[އުނިއިތުރު ގެންނަވާ]

އެޕިގްލަޓިސް އާއި ދިމާލަށް އަޑު ފޮށި އުފުލެނީ އަޑު ފޮށީގެ މަތީ ހުޅުވުން(ގްލަޓިސް) ބަންދުކޮށްލުމަށްޓަކައެވެ. މިހެން ހެދުމުން ކާތަކެތި އަޑުފޮށީގެ ތެރެއިން ވައި ނޮޅިއަށް ދިއުމަށް ހުރަސް އަޅައެވެ.

އަޑުއުފައްދާ ވާފަށް ތައް ކައިރިވުން

[އުނިއިތުރު ގެންނަވާ]

އަޑުއުފައްދާ ވާފަށް ތައް ކައިރިވުމުން ވެސް ގްލަޓިސް ބައްދާލައެވެ. އަޑުއުފައްދާ ވާފަށްތަކަށް ގެއްލުން ލިބިއްޖެނަމަ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާތާށިވުން ކުރިމަތިވެދާނެއެވެ. މިގޮތަށް ވާނީ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާ ދައުރުވާ މަގަށް ކާތަކެތި ވާޞިލްވެއްޖެނަމައެވެ.

ވަގުތީގޮތުން ނޭވާލުން ހުއްޓުން

[އުނިއިތުރު ގެންނަވާ]

ކާތަކެތި ދިރުވުމަށް އެހީވެދޭ މަރުކަޒު ން ބައެއް ފަހަރު ނޭވާލުމަށް އެހީވެދޭ މަރުކަޒު ބަންދުކޮށްލާ ސިގްނަލްތައް ވެސް ފޮނުވައެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ވަގުތީ ގޮތުން މަދު ސިކުންތު ކޮޅަކަށް، ނޭވާލުން ހުއްޓުން މެދުވެރިކުރުވައެވެ. މިއީ ވެސް ކާތަކެތި ވައި ނޮޅިގެ ތެރެއަށް ވަނުމަށް ހުރަސްއަޅާނެ ކަމެކެވެ.

ޕަލަޓޯ ފެރިންޖީއަލް ފޯލްޑް ތައް ކައިރިވުން

[އުނިއިތުރު ގެންނަވާ]

ޕަލަޓޯ ފެރިންޖީއަލް ފޯލްޑް ތައް ކައިރިވުމުން ބޮޑެތި ކާއެތިކޮޅުތައް އަރުތެރެއަށް ވަނުމަށް ހުރަސް އަޅައެވެ. މާނައަކީ އަރުގެ ތެރެއަށް ދާނީ ރަގަޅަށް ހެފިފައި ހުންނަ ކާތަކެއްޗެވެ.


މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުން

[އުނިއިތުރު ގެންނަވާ]

މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުމަކީ ދޫ ހަރު ޕަލޭޓްގައި ޖައްސާފައި ބަހައްޓައިދޭނޭ ކަމެކެވެ. މިކަމުގެ ސަބަބުން ކާތަކެތި އަނބުރާ އަނގައިގެ ތެރެއަށް އައުން މަނާކޮށްދެއެވެ.

ފެރިންޖީއަލް ޕެރީސްޓަލްސިސް

[އުނިއިތުރު ގެންނަވާ]

ބަޔާންކުރެވުނު ޕްރޮޓެކްޓިވް ރިފްލެކްސް ތަކާއި ގުޅިގެން ސްޕިރީއާ ފެރިންޖީއަލް މަސްކޮޅު ކޮންޓްރެކްޓްވެއެވެ. ނަތީޖާއެއްގެ ގޮތުން ޕެރީސްޓަލްސިސްގެ އެހީގައި ކާތަކެތި އަރުގެތެރެއިން ގޮސް ކާތަކެތި ހިގާ ހޮޅިއަށް ވާޞިލް ވެއެވެ. އަރުގެ ތެރެއިން ކާތަކެތި ހިގާ ހޮޅި އަށް ކާތަކެތި ދިއުމަށް ނަގަނީ އެންމެ 2-1 ސިކުންތު އެވެ.


ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިނގާ މަރުޙަލާ

[އުނިއިތުރު ގެންނަވާ]

ކާތަކެތި ދިރުވުމުގައި ކާތަކެތި ހިގާ ހޮޅީގައި ހިގާ މަރުޙަލާ(އިނގިރޭސި ބަހުން: Esophageal phase) އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި ހިގާ މަރުހަލާއެކެވެ. އެހެންކަމުން ކުރިންބުނި ޕެރީސްޓަލްސިސް އޭ ކިޔޭ ހަރަކާތުގެ އެހީގައި ކާތަކެތި މައިދާއަށް ފޯރުކޮށްދެއެވެ.

ޕެރީސްޓަލްސިސް

[އުނިއިތުރު ގެންނަވާ]

ދެވައްތަރެއްގެ އީސަފަޖީއަލް ޕެރިސްޓަލްސިސް ހުރެއެވެ.

    • ޕްރައިމަރީ ޕެރީސްޓަލްސިސް: މިއީ އަރުތެރެގައި ފެށުނު ޕެރީސްޓަލްސިސް ހުއްޓިނެތި، ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ވެސް ކުރިއަށް ދިއުމެވެ. މިހަރަކާތް އުފެދެނީ ވޭގަސް ނާރު ފައިބަރު ތަކުގެ އެހީގައެވެ.


    • ސެކަންޑަރީ ޕެރީސްޓަލްސިސް: މިހަރަކާތް ފެށެނީ ކާތަކެތި ހިގާ ހޮޅި އަށް ވަތް ހުރިހާ ކާތަކެތި ޕްރައިމަރީ ޕެރީސްޓަލްސިސް އިން މައިދާއާއި ހަމައަށް ފޮނުވާނުލެވުނު ނަމައެވެ. މިހަރަކާތް އުފެދެނީ ކާތަކެތީގެ ސަބަބުން ކާތަކެތި ހިގާ ހޮޅި ފުޅާވެ، ތަނަވަސް ވެގެން ދިއުމުންނެވެ. އަދި މައިދާ އަށް ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހުރި ކާތަކެތި އެއްކޮށް ހުސްވަންދެން މިހަރަކާތް ކުރިއަށް ދެއެވެ.

ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިންގާ ޕެރީސްޓަލްސިސް ގެ ހަރަކާތް ހިންގަނީ ސިކުންތަކު 3 ސމ އަށް ކާތަކެތި ދައުރުވާ ރޭޓުންނެވެ. މާނައަކީ ކޮންމެ ސިކުންތަކު 3 ސމ ގެ މިނެއް ކުރިއަށް ކާތަކެތި ފޮނުވާލައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 10-8 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ. އަދި ސީދަލަށްހުރެ ކާއިރު މިއަށްވުރެ އަވަހަށް ވެސް ކާތަކެތި ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ބިމަށް ދަމާބާރު ނުވަތަ ގްރެވިޓީގެ ސަބަބުން ދައުރުވެއެވެ. އެގޮތުން ސިކުންތެއްގެ ތެރޭގައި 4 ސމ މިނެއް ކަޑަތުކުރެއެވެ. މާނައަކީ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 8-5 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ.