އެއޯޓާގެ އަރޗް ނުވަތަ (އިނގިރޭސި ބަހުން: Arch of aorta) އަކީ މިއީ މައްޗަށްއަރާ އެއޯޓާ އާއި ތިރިއަށްފައިބާ އެއޯޓާ އާއި ދެމެދުގައިވާ އެއޯޓާގެ ބައެކެވެ. މިބައި އިންނަނީ ޔޫ އަކުރު އިދިކޮޅަށް ބެހެއްޓުމުން ހުންނަ ފަދަ ގޮތަކަށެވެ. މާނައަކީ މެދަށް ގުދުކޮށް ދެކޮޅަށް ލެބިފައި އިންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ދެވަނަ ބަޔޭވެސް ބުނެވިދާނެއެވެ. އެއޯޓާގެ އަރޗްގެ މަތީ ބޯޑަރުގެ ދިގުމިނުގައި 2.5 ސެންޓިމީޓަރު ވަރުހުރެއެވެ.