އޮސްޓިއޯ ޖެނިކް ސާރކޯމާ(އިނގިރޭސި ބަހުން: Osteogenic sarcoma) އަކީ އުމުރުން 25-10 އަހަރާ ދެމެދުގެ ފިރިހެނުންނާއި ފިރިހެން ކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނައިން ޖެހެނީ އަތާއި ފައިގެ ކަށިތަކަށެވެ.
މިބާވަތުގެ ކެންސަރު ބައެއް ފަހަރު ފުއްޕާމެޔަށާއި، އަދި އެހެން ހިސާބުތަކުގެ ކަށިތަކަށް ވެސް ފެތުރޭގޮތް ވެއެވެ.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.