މުޙައްމަދު ނަޝީދު | |
---|---|
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް | |
މަޤާމާ ހަވާލުވެވަޑައިގަތީ އޯގަސްޓް 30، 2014 | |
ކުރިން ހުންނެވީ | ޑރ. އިބްރާހިމް ދީދީ |
ފަހުން ވަޑައިގަތީ | |
ދިވެހިރާއްޖޭގެ 4ވަނަ ރައީސް | |
މަޤާމުގައި ނޮވެމްބަރ 11، 2008 – ފެބްރުއަރީ 7، 2012 | |
ނައިބު ރައީސް | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު |
ކުރިން ހުންނެވީ | މައުމޫނު ޢަބްދުލް ޤައްޔޫމް |
ފަހުން ވަޑައިގަތީ | |
އުފަންވީ | މާލެ, ދިވެހިރާއްޖެ | 17 މޭއި 1967
ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
އަނބި ނުވަތަ ފިރި | ލައިލާ އަބްދުﷲ |
ދަރިން | މީރާ ލައިލާ ނަޝީދު ޒާޔާ ލައިލާ ނަޝީދު |
މަތީތަޢުލީމު | Overseas School of Colombo Liverpool John Moores University |
އަލްފާޟިލް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގައި 11 ނޮވެންބަރު 2008 އިން ފެށިގެން 7 ފެބްރުއަރީ 2012 އަށް ވެރިކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މައްޗަނގޮޅި މެދު ދާއިރާ މެމްބަރެވެ. މުޙައްމަދު ނަޝީދު އުފަންވެވަޑައިގެންނެވީ 17 މޭއި 1967 (ހިޖްރީ ސަނަތުން 7 ޞަފަރު 1387) ވީ ބުދަ ދުވަހުއެވެ. މުޙައްމަދު ނަޝީދު އަކީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ދިމިޤްރާޠީ ސިޔާސީ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އުފެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ފަރާތެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ދިމިޤްރާޠީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު މުޙައްމަދު ނަޝީދު ވެރިކަމާ ހަވާލުވެލެއްވީ އޭރުގެ ރައިސް މައުމޫން ޢަބްދުލް ޤައްޔޫމްއަށް ފަހުއެވެ.
މުޙައްމަދު ނަޝީދު ތަޢުލީމް ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނާއި އިނގިރޭސިވިލާތުންނެވެ. މަޖީދިއްޔާއިން އޯ ލެވެލް ނިންމެވުމަށްފަހު އޭ ލެވެލް އާއި މެރިޓައިމް ދާއިރާއިން ފުރަތަމަ ޑިގްރީ ނެންގެވީ އިނގިރޭސިވިލާތުންނެވެ.
މުޙައްމަދު ނަޝީދު 7 ފެބްރުއަރީ 2012ގައި އިސްތިއުފާ ދެއްވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމާއި ހަވާލުވެލެއްވީ މުޙައްމަދު ނަޝީދުގެ ރައިސްކަމުގެ ނާއިބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުއެވެ.
ކުރިން ހުންނެވީ: މައުމޫން ޢަބްދުލް ޤައްޔޫމް |
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2008-2012 |
ފަހުން ވަޑައިގަތީ: މުޙައްމަދު ވަޙީދު ޙަސަން މަނިކު |