ދިވެސް އަކުރު | |
---|---|
Type | އަބުގީދާ |
Languages | ދިވެހިބަސް |
Time period | 14ވަނަ ގަރުނު މ - 18ވަނަ ގަރުނު މީލާދީ (17 އަދި 18 ވަނަ ގަރުނުގެ ފަހުން ތާނަ އާންމުވުމުގެ ސަބަބުން ބޭނުން ކުރުން މަދުވެގެން ދިޔަ، 20 ވަނަ ގަރުނުގެ މެދުތެރެއާއި ހަމައަށް ބައެއް މީހުން ބޭނުންކޮށް އުޅުނު) |
Parent systems | ޕްރޯތޯ-ސިނޭޓިކް އަލްފަބޭތާ
|
Sister systems | ސިންގަޅަ އަކުރު، މަލަޔާޅަމް އަކުރު |
ISO 15924 | ފަންވަތް:ISO 15924 code, ފަންވަތް:ISO 15924 number |
ދިވެސް އަކުރު އަކީ ދިވެހިންގެ ކާބަފައިންގެ ޒަމާނުގައި ލިޔެކިޔުމުގައި ބޭނުންކުރި އަކުރެކެވެ. މީގެ ގާތްގަނޑަކަށް 280 އަހަރު ކުރީގައި ދިވެހިރާއްޖޭގެ ރަސްމީ އަކުރުއްގެ ގޮތުގައި ދިވެސް އަކުރު ގެންގުޅެފައިވާ ކަމަށް ތާރީޚް ހެކިދެއެވެ. ދިވެހި ތާރީޚްގައި ވަރަށް މުހިއްމު ލިޔުންތަކާއި، ވަރަށް ގިނަ ރަސްމީ ފަތްކޮޅުތައް، ދިވެސް އަކުރުން ލިޔެފައި ވެއެވެ.
ދިވެސް އަކުރު ލިޔާނީ ވާތުން ކަނާތަށެވެ. އެއީ އިގިރޭސި ބަސް ވެސް ލިޔާ އުޞޫލުންނެވެ. ދިވެސް އަކުރު ލިޔެވޭނީ ފިއްޔަކާއި އެކީގައެވެ. އަބަދުވެސް އޮންނާނީ ކޮންމެވެސް ފިއްޔަކާއި ގުޅިފައެވެ. އަދި ބައެއް ފަހަރު ދެއަކުރު އެއްކޮށްލައިގެން ވެސް ބޭނުންކުރެވެއެވެ. ދިވެސް އަކުރުގެ އެއް އަކުރެއް ކިތައްމެ ގޮތަކަށް ވެސް ލިޔެވިދާނެއެވެ. ދިވެސް އަކުރު ދަސްކުރުމުގައި އެންމެ މުހިއްމު ކަމަކީ ފުރަތަމަ ލިޔަން ދަސްވުމެވެ. އަކުރު ލިޔަން ފަށާނީ ވާތުންނެވެ.