ތާބޫ ( އުފަންވެފައިވަނީ ނޮވެމްބަރު 4 ، 1973 ) އަކީ އިންޑިޔާގެ ފިލްމީ ތަރި އެކެވެ. އުފަންވިއިރު ތާބޫ އަށް ދެވިފައިވާ ނަމަކީ ތަބައްސުމް ހެޝްމީ އެވެ. ހިންދީ ފިލްމް ތަކުގެ އިތުރުން ތަމަޅަ، މަލަޔާޅަމް، ޓެލުގޫ އަދި ބެންގާޅީ ފިލްމްތަކުގައި ތާބޫ ހަރަކާތްތެރި ވެފައި ވެއެވެ. އަދި ހޮލީވުޑްގެ އެއް ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ. ތާބޫ އަކީ ފިލްމީ ބަތަލާ ފަރާހް ނާޒް ގެ ކޮއްކޮ އެކެވެ. އަދި މިއީ ފިލްމީ ބަތަލާ ޝަބާނާ އަޒްމީ އަށް ބޮޑުދައިތަ ކިޔާ ފަރާތެކެވެ.
ތާބޫ ވަނީ ނޭޝަނަލް ފިލްމް ފެއަރ އެވޯޑްގައި ބެސްޓް އެކްޓްރެސްގެ މަގާމް 2 ފަހަރު ހޯދައިފައެވެ. އަދި ފިލްމް ފެއަރ ކްރިޓިކްސް ފޮރ ބެސްޓް ފީމޭލް ޕާފޯމަރ ގެ އެވޯޑް 4 ފަހަރު ޙާޞިލްކޮށް ރިކޯޑް ގާއިމްކޮށްފައެވެ.
- 1997: ނޭޝަނަލް ފިލްމް އެވޯޑް ފޮރ ބެސްޓް އެކްޓްރެސް - މާޗިސް
- 2002: ނޭޝަނަލް ފިލްމް އެވޯޑް ފޮރ ބެސްޓް އެކްޓްރެސް - ޗާންދަނީ ބާރ
- 1994 : ފިލްމް ފެއަރ ބެސްޓް ފީމޭލް ޑެބިއުޓް އެވޯޑް - ވިޖޭޕަތު
- 1996: ފިލްމް ފެއަރ ބެސްޓް އެކްޓްރެސް ސައުތު - ކަދަލް ދޭސަމް
- 1996: ފިލްމް ފެއަރ ބެސްޓް އެކްޓްރެސް (ޓެލުގޫ) - ނިއްނޭ ޕެލަދޫތާ
- 1998: ކްރިޓިކްސް އެވޯޑް ބެސްޓް ޕާފޮމެންސް - ވިރާސަތު
- 2000: ކްރިޓިކްސް އެވޯޑް ބެސްޓް ޕާފޮމެންސް - ހުތުތޫ
- 2001: ކްރިޓިކްސް އެވޯޑް ބެސްޓް ޕާފޮމެންސް - އަސްތިތުވާ
- 2007: ކްރިޓިކްސް އެވޯޑް ބެސްޓް ޕާފޮމެންސް - ޗީނިކަމް
- 2001: ސްޓަރ ސްކްރީން އެވޯޑް ބެސްޓް އެކްޓްރެސް- އަސްތިތުވާ
- 2007: ސްޓަރ ސްކްރީން އެވޯޑް ބެސްޓް އެކްޓްރެސް (ކްރިޓިކްސް) - ޗީނިކަމް
- 2001: ޒީސިނެ އެވޯޑް ބެސްޓް އެކްޓަރ - ފީމޭލް - އަސްތިތުވާ
- 2002: ޒީސިނެ އެވޯޑް ބެސްޓް އެކްޓަރ - ފީމޭލް - ޗާންދަނީ ބަރ
- 2002: އައިފާ ބެސްޓް އެކްޓްރެސް އެވޯޑް - ޗާންދަނީ ބަރ
- 2001: ކްރިޓިކްސް އެވޯޑް- ފީމޭލް - އަސްތިތުވާ
- 1997: ބެސްޓް އެކްޓްރެސް - މާޗިސް
- 2002: ބެސްޓް އެކްޓްރެސް - ޗާންދަނީ ބާރ