ހޮޖްކިންސް ލިމްފޯމާ(އިނގިރޭސި ބަހުން: Hodgkin's lymphoma) އަކީ އެއްވެސް ތަދުވުމެއްނެތި ލިމްފް ގްލޭންޑް ތައް ބޮޑުވުމެވެ. ކުޑަކުދިންނަށް މިބާވަތުގެ ކެންސަރު ޖެހޭލެން މަދެވެ. ހޮޖްކިންސް ލިމްފޯމާ ވަކިކުރެވޭނީ ދުޅަވެފައިވާ ގްލޭންޑް އަކުން ކުޑަ ތަންކޮޅެއް ނަގައިގެން ޓެސްޓް ހަދައިގެންނެވެ.
ވަކި ސަބަބެއް އަދި ހޯދިފައެއް ނެތެވެ.
ބަލި ދެނެގަތުމަށް ލޭގެ ޓެސްޓްހެދުމާއި، ބަލިޖެހިފައިވާ ގްލޭންޑްއިން އެތިކޮޅެއް ނަގައިގެން ޓެސްޓްކުރުން، އަދި މެޔާއި ބަނޑުގެ އެކްސްރޭ ނެގުން ހިމެނެއެވެ.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.