ނަން ހޮޖްކިންސް ލިމްފޯމާ(އިނގިރޭސި ބަހުން: Non-Hodgkin lymphoma) އަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނަފަހަރަށް ފަސޭހަކުރެވޭ މިބާވަތުގެ ކެންސަރު ވަރަށް ހަލުވިކަމާއެކު ފެތުރެއެވެ.
ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ހަށިގަނޑުގެ އެކި ހިސާބުތަކަށް މިބަލިޖެހުމުން ފެންނަ އަލާމާތްތައް ތަފާތު ވެއެވެ. މިސާލަކަށް މިބަލި މޭގައި އުފެދިއްޖެނަމަ ނޭވާލުމަށް ދަތިވެ ކެއްސާގޮތް ވެއެވެ. ބަނޑުގައި އުފެދިއްޖެނަމަ ބަނޑުފުފި ބޮޑުވާގޮތް ވެއެވެ. މިބަލި ދެނެގަތުމަށް ލޭގެ ޓެސްޓް، އެކްސްރޭ، ސީޓީ ސްކޭން، އަދި ބައިއޮޕްސީ ޓެސްޓް ހަދައެވެ.
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.