ޖާވިދު އަޚުތަރު ( އުފަންވީ 17 ޖެނުއަރީ، 1945 ގައި ) އަކީ އިންޑިޔާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ލަވަ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެއް ވެސް މެއެވެ. މީގެ އިތުރުން ސްކްރިޕްޓް ލިޔުންތެރިއެއް ވެސް މެއެވެ. 1970 އަދި 1980 ގެ މެދުތެރޭގައި ނިކުތް ޖާވިދުގެ މިފަދަ މަސައްކަތްތަކުގައި ސާލިމް ޚާން މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ. މިއީ އަޚުތަރު-އަޒްމީ ޚާންދާން އަށް ނިސްބަތްވާ ފަންނާނެކެވެ.
ާވިދު އަޚްތަރު ( އުފަންވެފައިވަނީ ޖެނުއަރީ 17، 1945 ) އަކީ އިންޑިޔާގެ ހިންދީ އަދި އުރުދޫ ބަހުން ޅެންހައްދަވާ ޅެންވެރިއެކެވެ. ލަވަ ލިޔުންތެރި އެކެވެ. އަދި ސްކްރިޕްޓް ލިޔުންތެރި އެކެވެ. 1970 އަދި 1980 ގެ އަހަރުތަކުގައި ފިލްމީ ތަރި ސަލްމާން ޚާން ގެ ބައްޕަ ސާލިމް ޚާން އާއި ގުޅިގެން ވަރަށް ގިނަ ފިލްމް ތަކެއްގެ ސްކްރިޕްޓް ލިޔެފައި ވެއެވެ. އަދި އޭރު ލިޔުނު ސްކްރިޕްޓް ތަކުގައި ސާލިމް-ޖާވިދު ކުރުނަމެއްގެ ގޮތުން ބޭނުންކުރެވުނެވެ. ޖާވިދު އަޚްތަރު ފުރަތަމަ ކައިވެނިކުރީ ހިންދީ ފިލްމް ސްކްރިޕްޓް ލިޔުންތެރިޔާ ހަނީ އިރާނީ އާއެވެ. އެދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ. އެއީ ފިލްމް ޑައިރެކްޓަރުން ކަމުގައިވާ ފަރުހާން އަޚްތަރު، ޒޯޔާ އަޚްތަރު އެވެ. ހަނީ އިރާނީ ވަރިކުރުމަށްފަހު ޖާވިދު އަޚްތަރު ދެވަނަ އަށް ކައިވެނިކުރީ ޅެންވެރިޔާ ކައިފީ އަޒްމީގެ ދަރި ފިލްމީ ބަތަލާ ޝަބާނާ އަޒްމީ އާއެވެ.